ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ފުލުހުން ތަމްރީންކޮށްފި
- Goal mv
- Jul 11, 2021
- 1 min read

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަޙްޤީޤުކުރުމަށް 300 އެއްހައި ފުލުހުން ތަމްރީނުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްއާން އަޙްމަދާއި، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޞަފްވަތު ރަޢޫފުވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަޙްޤީޤު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަމުންދާ މައްސަލަތެއްކަން ފާހަގަކުރައްވަމުން އެ ބޭފުޅުން ވިދާޅުވީ، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމަށް ތަމްރީނު ލިބިފައިވާ ޖުވެނައިލް އޮފިސަރުން އުފައްދާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގާފައިވާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ އެ ޕްރޮގްރާމްތަކުން ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވާކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.








Comments