ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި ދިވެއްސަކު ހައްޔަރުކޮށްފި
- Goal mv
- Jul 5, 2021
- 1 min read

ޢުމުރުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެތެރޭގައި ދިވެއްސަކު ހިމެނިއްޖެއެވެ.
ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައި ނާޖާއިޒު ފައިދާ ނަގަމުން އަންނަތާ 03 މަސްވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން މަޢުލޫމާތުދީފައިވެއެވެ. އެ މައްސަލައާއި ގުޅިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެތެރޭގައި ކުއްޖާގެ މަންމަ ވެސް ހިމެނެއެވެ. އޭގެ އިތުރުން ކާރެެއްގެ ޑްރައިވަރާއި، ކުރޮޅިއެއްގެ ޑްރައިވަރާއި، ބޯޓެއްގެ ކެޕްޓަން ވެސް ހިމެނެއެވެ.
ލަންކާ ފުލުހުން ބުނީ މި މައްސަލައިގައި އެންމެފަހުން ހައްޔަރުކުރި 04 މީހުންގެތެރޭގައި ދިވެއްސަކާއި، ލަންކާ 03 މީހުން ހިމެނޭ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހޮޓަލެއްގެ ތިން މެނޭޖަރުންނާއި، ކުއްޖާ އިސްތިހާރުކުރަން ވެބްސައިޓު ހަދައި ހިންގި މީހާއެވެ. ނަމަވެސް ދިވެހި މީހާއަކީ ކާކު ކަމާއި، އޭނާއަށް ކުރަނީ ކޮން ތުހުމަތުތަކެއްކަމެއް އަދި ސާފެއް ނޫނެވެ.








Comments