އަޝްމަލީގެ ބަންދަށް 10 ދުވަސް ޖަހައިފި
- Goal mv
- Jul 6, 2021
- 1 min read

ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި އެގައުމުން ހައްޔަރު ކުރި މުހައްމަދު އަޝްމަލީގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ކަފާލާތު ނުލިބޭ ގޮތައް ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދުގެ މުއްދަތު ޖަހާފައި ވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ އެގައުމުގެ ކުޑަކުދިން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ލަންކާ ފުލުހުންގެ ތަރުޖަމާން ސީނިއާ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޖިތް ރޯހާނާ ވިދާޅުވީ، އަޝްމަލީ އަކީ ކުއްޖާގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފި ކަސްޓަމަރެއް ކަމަށެވެ. އަދި އެކުއްޖާއާއެކު ގުޅުން ހިންގުމަށް ފައިސާ ދައްކާފައި ވަނީ ކުއްޖާ ވިއްކުމަށް ހަދާފައިވާ ވެބްސައިޓެއް މެދުވެރިކޮށް ކަމަށެވެ.
އަޝްމަލީ ހައްޔަރު ކޮށްފައި ވަނީ އޭނާ ލަންކާގައި ދިރިއުޅޭ ގެއިން އާދިއްތަ ދުވަހު ހެނދުނު 9:20 ހާއިރު ކަމަށް ލަންކާ ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖޫން 7 ވަނަ ދުވަހުއެވެ. މި މައްސަލަތަ ތަހުގީގު ކުރުމުން ހާމަވީ، ވެބްސައިޓެއް މެދުވެރިކޮށް ކުއްޖާގެ ހަށި ވިއްކުވުމުގެ އަމަލުތައް ހިންގަމުން ދިޔައީ އުމުރުން 35 އަހަރުގެ މީހަކު ކަމަށެވެ.އަދި އެ ހިސާބުން އެ މައްސަލައިގެ ތަހުގީގާއި ވިމެން އެންޑް ޗިލްޑްރެން ބިއުރޯއިން ހަވާލުވި ކަމަށާއި، މި މައްސަލާގެ ތުހުމަތުގައި 28 މީހަކު ހައްޔަރު ކުރީ ހޮނިހިރު ދުވަހު ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.








Comments