ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި
- މާހިރު މުޙައްމަދު
- Jun 29, 2021
- 1 min read

އައްޑޫ ސިޓީ ފޭދޫގައި ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީފިއެވެ.
ފުލުހުން ބުނީ ފޭދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 12 އަހަރުގެ ފިރިހެން ކުއްޖަކު ޒަޚަމްކޮށްލައިފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މިއަދު 13:35 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މާރާމާރީގައި އެ ކުއްޖާއަށް ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށެވެ.








Comments