ކުޑަ ކުއްޖަކަށް ޖިންސީ ކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
- މާހިރު މުޙައްމަދު
- Jun 29, 2021
- 1 min read

އައްޑޫ ސިޓީގައި ޢުމުރުން 08 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނީ މި މަހުގެ 24 ވަނަ ދުވަހުގެރޭގައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ޢުމުރުން 33 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 1 ދުވަހުގެ މުއްދަތެކެވެ. އެ ވަގުތު ހަމަވުމުން އޭނާ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޢަމުރުކޮށްފައެވެ.
ޖެންޑާރ މިނިސްޓްރީން ވެސް މައްސަލަ އަންނަނީ ބަލަމުންނެވެ.








Comments