ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި
- މާހިރު މުޙައްމަދު
- Sep 18, 2021
- 0 min read

އައްޑޫ ސިޓީގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައި މި މަހުގެ 16 ވަނަ ދުވަހުގެރޭ 11:09 ގައި ހައްޔަރުކުރީ ޢުމުރުން 34 އަހަރުގެ ފުލުހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. ސަބް އިނިސްޕެކްޓާރ އޮފް ޕޮލިސްގެ ރޭންކްގައި ފުލުހުންގެ ވަޒީފާގައި ހުރި އެ ފުލުސް މީހާ ސަސްޕެންޑްކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާ ސަސްޕެންްޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައ، އޭނާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރަން ފެށީ އެ ކުއްޖާގެ ޢުމުރުން 14 އަހަރުގައެވެ. ހަމައެހެންމެ އަންހެން ކުއްޖާ އުޅޭ ގޭގެ ފާހާނައިގައި ކެމެރާ ހަރުކޮށްގެން ވީޑިއޯކޮށް ބްލެކްމެއިލް ވެސް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.








Comments