ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Jun 28, 2021
- 1 min read

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ މައްސަލަ ފެންމަތި ވެފައި ވަނީ މިދިއަ ބުރާސްފަތި ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ބިދޭސީ މީހާ އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާ ދިރިއުޅޭ ގެއަށް ދިއުމަށް ފަހު ކަމަށް އެކުއްޖާގެ އާއިލާއިން ބުނެެެެެެއެވެ.
އެ މައްސަލަ ފުލުހުންގެ އިދާރާ އިން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








Comments