https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުޑަ ކުއްޖާ މަރާލި ޒިހާން ބޭނުންވަނީ ވަކީލަކާއި ނުލައި ކުރިއަށް ދިއުމަށް

  • މާހިރު މުޙައްމަދު
  • Aug 26, 2021
  • 1 min read

ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާ ރަޙްމުކުޑަ ގޮތަކަށް މަރާލައިފައި ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލި މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ނ.ލަންދޫ/ބަގީޗާގޭ އިބްރާހިމް ޒިހާން ބޭނުންވަނީ، ވަކީލަކާއި ނުލައި ޝަރީޢަތުގައި ޖަވާބުދާރީވުމަށް ކަމަށް އޭނާ ބުނެފިއެވެ.


ޢުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށް 13 ދަޢުވާއެއް އުފުލާފައިވާއިރު އެ ދަޢުވާތަކުގެ އަޑުއެހުމެއް މިއަދު 11:00 ގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މައްސަލައިގެ ބާވަތުން މިއަދު އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

މި މައްސަލައާއި ގުޅިގެން ޒިހާން ފުރަތަމަ ކޯޓަށް ހާޒިރުކުރީ ޖޫން 22 ގައެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ނިންމެވީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.


މިއަދު ކުރިއަށް ދިޔައީ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެ ގޮތުން ފަނޑިޔާރު ނިންމެވީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނިންމި ނިންމުން ދަމަހައްޓާށެވެ.


މިއަދުގެ އަޑުއެހުމުގައި ޒިހާންއަށް ވަނީ ވަކީލަކު ހޯދުމުގެ ފުރުސަތު ދެއްވިއެވެ. ނަމަވެސް އޭނާ ބުނީ މައްސަލައިގައި ކުރިއަށްދާނީ ވަކީލަކާއި ނުލައި ކަމަށެވެ.


މި މައްސަލައިގައި ޒިހާންގެ މައްޗަށް 13 ދަޢުވާއެއް އުފުލާފައިވެއެވެ.


ޒިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

1.ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.

2.ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 05 ދަޢުވާއެއް.

3. މަސްތުވާތަކެތި ދީގެން ޖިންސީ ޢަމަލު ހިންގަން އުޅުމުގެ ކުށުގެ ދަޢުވާ.

4.ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ.

5.މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާ.

6.ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.

7.ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

8.ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދަޢުވާތަކެއް.


މި ދަޢުވާާތައް ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ޕީޖީ ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page