https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޮންމެ ދިޔާ އެއްޗަކީ ”ހަރާމް އެއްޗެެއް“ ކަމަށް ބަޔަކަށް ހީވުމަކީ ވަރަށް މަޖާކަމެއް- އާޒިމް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 10, 2021
  • 1 min read

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން ދަބަހަކަށް ލައިގެން ގެންދެވި ދިޔާ އެއްޗަކީ ”ހަރާމް އެއްޗެެއް“ ކަމަށް ބަޔަކަށް ހީވުމަކީ ވަރަށް މަޖާކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ރޭ ވިދާޅުވެއްޖެއެވެ.


އާޒިމާއި، އަދީބާއި ދެ ބޭފުޅުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް ލީކްވެފައިވާއިރު، އެ ސްކްރީން ޝޮޓްތަކުގައިވާ ވާހަކަތަކާބެހޭ ގޮތުން އާޒިމް ވިދާޅުވެފައި ވަނީ އަދީބާއި ބައްދަލުކުރެއްވީ ދެ ބޭފުޅުންގެ ގާތް ރަޙްމަތްތެރިއެއްކަމަށްވާ ޖަލީލު (ކޭން ސޭޓު) ވިދާޅުވެގެން ކަމަށެވެ.


އަދީބު ގާަތަށް ދަބަހެއް ހިފައިގެން ވަޑައިގެންނެވީ ކޭން ސޭޓަށް އަދީބު ދެއްވި ހަދިޔާއެއް ބަލައިކަމަށާއި، ދަބަހުގައި ގެންދެވީ ދިޔާ އެއްޗެއް ކަމަށާއި، ދަބަހުގައި އެއްވެސް ބާވަތެއްގެ ކަރުދާހެއް ނުހުންނާނެ ކަމަށެވެ. އަދި އޭގެ ފަހުން އާޒިމް ވަނީ އެ ދަބަހުގައި ގެންދެވީ ހަރާމް އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ މައްޗަށް އަމާޒުވި ބޮޑު ޚިޔާނާތުގެ ތުހުމަތުގެ ތަޙްޤީޤު ކުރިއަށްދާތީ އެ ދިޔާ އެއްޗަކީ ކޯއްޗެއްކަން ހާމަކުރައްވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް މީގެ ކުރިން ވިދާޅުވިއެވެ. ކްލަބް ހައުސްގައި ވާހަކަދައްކަވަމުން އާޒިމް ރޭ ވިދާޅުވީ ދަބަހުގައި ގެންދެވީ ޤާނޫނީ ގޮތުން މަނާ އަދި ހަރާމް އެއްޗެއް ނޫން ކަމަށެވެ. އަދި ދިޔާ އެއްޗެއް އެއީ ބަނގުރާ ނޫންނަމަ ހަރާމް އެއްޗެއްގެ ގޮތުގައި ބަޔަކަށް ހީވުމަކީ ވަރަށް މަޖާކަމެއް ކަމަށާއި، ކޮންމެ ދިޔާ އެއްޗަކީ ހަރާމް އެއްޗެއް ނޫން ކަމަށާއި، ކޮންމެ ދިޔާ އެއްޗަކީ ވެސް ރަލެއް ނޫންކަމަށެވެ. ހަމައެހެންމެ ދަބަހުގައި ގެންދެވީ ކޮން އެއްޗެއްކަން ހާމަކުރައްވާނީ ތަޙްޤީޤު ނިމުމުންކަމަށް އާޒިމް ރޭ ވެސް ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page