ކޮނޑުމަތީ ދަރިފުޅު އުފުލި މަންމައަށް ލިޓަސްގެ ހަދިޔާއެއް
- މާހިރު މުޙައްމަދު
- Oct 3, 2021
- 0 min read

ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން ހުޅުމާލޭ ފޭސް އެކެއްގެ ބަސް ސްޓޮޕް އިން ފޭސް 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓް ތަކާއި ހަމައަށް ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ކޮނޑުގައި އުފުލި މަންމައަށް ސައިކަލެއް ހަދިޔާ ކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމީޔާތުގައި ވަސީމާ މޫސާއަށް ސައިކަލު ވަނީ ހަވާލުކޮށްފައެވެ.
ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ) އަށް ހަދިޔާ ރައްދުކުރެވިފައި ވާކަމަށާއި، ހަދިޔާކުރެވުނު ސައިކަލް 2 އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ހަރަދު ވެސް ލިބޭނެ ވާހަކަ އެކުންފުނިން ވާނީ ހިއްސާކުރެވިފައެވެ.
އެކުންފުނިން ބުނީ، މިކަމުގައި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާ ކުރާ ކަމަށާއި، ދުއާއަކީ މި މުޖުތަމައުއަކީ ހެޔޮކަންކަން ކުރުމާއި ކުރުވުމަށް ބާރުއަޅާނެ މުޖުތަމައުއެއްކަމުގައި އަބަދުމެ ލެހެއްޓެވުން ކަމަށެވެ.








Comments