ކޮޅުމަޑުލު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
- މާހިރު މުޙައްމަދު
- Aug 20, 2021
- 1 min read

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފިއެވެ.
ކޮޅުމަޑުލުގެ ހަތް ރަށެއްގެ ހާލަތު ބައްލަވައިލެއްވުމަށް ރައީސް ފުރާވަޑައިގެންނެވީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.
އެ މަނިކުފާނުގެ ފުރަތަމަ މަންޒިލަކަށްވީ ތިމަރަފުށްޓެވެ. ޖެހިގެން އައި ދުވަހު އެ މަނިކުފާނު ވަނީ ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގެންފައެވެ. ވަންދުއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް ވަޑައިގަތީ މިއަދުގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ވިޔަފާރިވެރިންނަަާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. ހަމައެހެންމެ އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ އޮމަދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވަވާފައެވެ.








Comments