ކޮޅުފުށީ މަދަރުސާގެ ޓީޗަރުން މުޒާހަރާކޮށްފި
- ޙުސައިން އަޙުމަދު

- Aug 29, 2021
- 1 min read

މ. އަތޮޅު މަދަރުސާގެ ޓީޗަރުން މިއަދު މުޒާހަރާކޮށްފިއެވެ.
މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ކިޔަވައިނުދީ، ޓީޗަރުން މުޒާހަރާކުރީ ސްކޫލުގެ ގޯތިތެރޭގައެވެ. ޓީޗަރުން މުޒާހަރާކުރީ ސްކޫލުގެ މެނޭޖުމަންޓާއި ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ. އެ ގޮތުން ޓީޗަރުން މުޒާހަރާކުރީ ދިރާސީ އައު އަހަރު ފެށުމާއެކު ވެސް ސްކޫލުގެ މެނޭޖްމަންޓުން ދަރިވަރުންގެ ފޮތްތައް ހަމަކޮށްދިނުމަށް މަސައްކަތް ނުކުރާތީއާއި، ސްކޫލުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި މެނޭޖްމަންޓުން ފަރުވާކުޑަ ކުރާތީކަމަށް، އެ ރަށު މީހަކު ހަމަކުރިއެވެ.
މި މައްސަލަ ހައްލުކުރުމަށް ކޮޅުފުށީ ކައުންސިލުން އަންނަނީ ސްކޫލާއެކު މަޝްވަރާކުރަމުންނެވެ.








Comments