އެންމެ ފަހުން ބަސް ދަތުރުތައް ހުޅުމާލޭ 2 ވަނަ ފިޔަވައްސައް މާދަމާ ފަށަން ނިންމައިފި
- މާހިރު މުޙައްމަދު
- Sep 30, 2021
- 0 min read

މާދަމާ ހުޅުމާލޭގެ 2 ވަނަ ފިޔަވައްސައް ބަސް ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި، މާދަމާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސައް ބަސް ދަތުރުތައް ފަށާނެ ކަމަށެވެ. އެ ގޮތުން ހުޅުމާލޭގެ ފުރަަތަމަ ފިޔަވައްސަށް ފޯރުކޮށްދެމުން އަންނަ ބަހުގެ ޚިދުމަތް ފުޅާކޮށް، 2 ވަނަ ފިޔަވަހީގައި އުޅޭ ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ބަސް ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، 2 ވަނަ ފިޔަވަހި ގުޅުވައިދޭ ބަސް ރޫޓްތައް: 1.ވެސްޓްޕާކް ރޫޓް 2.ކާނިވާ ރޫޓް 3. ވީއައިއޭ ބަސް ރޫޓް 4. ހުޅުމަާލޭ ނެއިބަރހުޑް 1،2،3 އެމްޓީސީސީން ހާމަކުރި ގޮތުގައި ކޮންމެ ދުވަހަކު ވެސް ބަސް ދަތުރުތައް ފަށާނީ ފަތިހު 05:45 ގައެވެ. އަދި އެންމެ ފަހު ދަތުރު އޮންނާނީ ރޭގަނޑު 23:45 ގައެވެ. ހަމައެހެންމެ ހުކުރު ދުވަހުގެ މެންދުރު 12:15 އިން ފެށިގެން މެންދުރުފަހު 13:15 އަށް ބަހުގެ ޚިދުމަތް މެދުކަނޑައިލާނެ ކަމަށާއި އެ ވަގުތުތައް ފިޔަވައި، އެ ދުވަހު ވެސް ކޮންމެ 30 މިނެޓަކުން ބަސް ދަތުރުތައް ބާއްވާނެއެވެ.
ހުޅުމާލޭ ބަސް ދަތުރުތަކުގެ އަގަކީ 05 ރުފިޔާއެވެ.








Comments