އެސްޓީއޯ އިން ޑެވޮންޑޭލް ކިރުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
- Goal mv
- Jul 18, 2021
- 1 min read

ޑެވޮންޑޭލް ކިރުގެ ޚާއްސަ ޕްރޮމޯޝަނެއް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ ފަނަރައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން ބުނިގޮތުގައި އެ ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.

ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ޚާއްސަ ގިފްޓް ހެމްޕާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ވަނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރު ޕެކެޓް ވިއްކަމުންއައި އަގު ވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފަ އެވެ.
ފުލްކްރީމް އެއް ލީޓަރު ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު، ދެ ޕެކެޓް ގަންނަ ނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.








Comments