ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނަގަނީ
- ޙުސައިން އަޙުމަދު

- Aug 9, 2021
- 1 min read

ކިންގް ސަލްމާން މިސްކިތަށް މުވައްޒަފުން ނަގަން ފަށައިފިއެވެ.
ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ސަޢޫދީގެ ސަރުކާރުގެ އެހީއާއެކު ބިނާކޮށްފައިވާ ސަލްމާން މިސްކިތް އެއްކޮށް ހުޅުވައިލާ އިރު، އެ މިސްކިތަށް 30 މުވައްޒަފުން ބޭނުންވާނެ ކަމަށް އިސްލާމިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ވަގުތު 14 ވަރަކަށް މުވައްފުން ވަޒީފާއަށް ނަގުމަށް އެ މިނިސްޓްރީން ވަނީ ނިންމާފއެވެ.
މިހާރު ވަނީ އައިޓީ ޓެކްނީޝަން، ޓެކްނީޝަން، އިންޖިނިއަރގެ މަޤާމަށް މީހުން ހޯދުމަށް އިއުލާނުކޮށްފައެވެ.
ސަލްމާން މިސްކިތް ނުހުޅުވައި ގިނަ ދުވަސްވެފައިވާ އިރު، އެ މިސްކިތް ހުޅުވަން ތާރީޚެއް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ސަޢޫދީގެ ވަފުދެއް ރާއްޖެއަށް ވަޑައިގަތުމުންނެވެ. ނަމަވެސް އެ ވަފުދު ރާއްޖެއަށް ވަޑައިގަންނަވާނީ ކޮންއިރަކުކަމެއް މިނިސްޓްރީއަކުން އަދި ހާމައެއްނުކުރެއެވެ.








Comments