https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކަރަށް ވަޅިޖެހި ޒުވާނާގެ ނޭވައިލާ ހޮޅި ފޫގޮސް، ކަރުގެ ނާރުތައް ވަނީ ބުރިވެފައި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 26, 2021
  • 1 min read

03 މީހުންގެ ގުރޫޕަކުން އައިސް، ކަރަށް ވަޅި ހަރައި ޒަޚަމްކޮށްލި ޒުވާނާގެ ނޭވައިލާ ހޮޅި ފޫގޮސް، ކަރުގެ ނާރުތައް ބުރިވެފައި ވާ ކަމަށް، އެ ޒުވާނާގެ ޢާއިލާއިން ހާމަކޮށްފިއެވެ.


އޭނާގެ ޢާއިލާއާއި ހަވާލާދީ ވަން އޮންލައިން އިން ރިޕޯޓުކުރި ގޮތުގައި ޒަޚަމްވި ޒުވާނާ އޭނާގެ ލޯބިވެރިޔާއާއެކު ސައިކަލުގައި ދުއްވާފައި ގޮސް ސޯސަންމަގު ކޮޅުގައި ހުންނަ މިސްކިތް ކައިރީ މަޑުކޮށްލި ވަގުތު، 2 ސައިކަލެއްގައި އައި 3 މީހަކު، އެ 2 މީހުން ވަށައިލުމަށް ފަހު ވަޅިޖެހީ ޒުވާނާގެ ކަރަށް ކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ. ކަރަށް ވަޅިޖެހުމުގެ ސަބަބުން ޒުވާނާގެ ކަރުގެ ވައަތް ފަރާތުގައި ހުރި ނާރުތައް ބުރިވެ، ނޭވާ ހޮޅި ވެސް ފޫގޮސްފައިވާ ކަމަށް ޢާއިލާއިން ބުންޏެވެ. އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭއިންނެވެ. އެއަށް ފަހު އައިޖީއެމްއެޗަށް ބަދަލުކޮށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންމެވެ. ސޯސަންމަގުގައި ހުންނަ ރޯޝަނީ ބިލްޑިންގް ކައިރީގައި 21 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިނީ އިއްޔެ 10:13 ހާއިރުގައެވެ. އެ މާރާމާރީއާއި ގުޅިގެން އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page