https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކަލާންގެ ގަންދީ ހުވާކުރަން، ހަނގުރާމައަށް މީހުން ފޮނުވާފައިނުވާނެ- ޢަލީ ރަމީޒް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 1, 2021
  • 1 min read


ދުވަހަކު ވެސް ސީރިއާ ހަނގުރާމައަށް މީހުން ފޮނުވާފައިނުވާނެ ކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ. ޢަލީ ރަމީޒަކީ ޓެރަރިޒަމަށް ހިތްވަރުދީ ހަނގުރާމައަށް މީހުން ރެކްރޫޓުކުރާ މީހެކޭ ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކްލަބް ހައުސް މެދުވެރިކޮށް މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި އޭނާ މިހެން ވިދާޅުވިއެވެ. ޢަލީ ރަމީޒް ވިދާޅުވީ ޖަމްޢިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ފަންޑުުކުރާ ވާހަކައާއި އެ ހުންނަނީ ހައްތާވެސް ދެކެވޭހާ ވާހަކަތައް ކަމަށާއި ނަމަވެސް އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. ”އެއީ ހުސް ތުހުމަތުތަކެއް ނޫންތޯ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް ތުރޫކޮށް ދެކެވޭ ވާހަކަތަކާއި، އެ ހުރިހައި ވާހަކަތައް ބަލަން ބޭނުންވާ ބަޔަކަށް ބެލޭނެ. ތި ސުވާލުގެ ޖަވާބު ވަރަށް ސިމްޕަލް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ ދުވަހަކު ވެސް އެފަދަކަމެއް ކުރި މީހެއް ނޫނޭ.“ މީގެ އިތުރުން ޢަލީ ރަމީޒް ވަނީ ސީރިއާއަށް މީހުން ނުފޮނުއްވާކަމަށް މަތިވެރި ރައްބު ގަންދީ ހުވައިކުރައްވާ ކަމަށް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page