”ކާންދޭ އަތުގަ ދަތް ނާޅާ“ ނަމުގައި އިޙްތިޖާޖަށް ކުރަނީ
- މާހިރު މުޙައްމަދު
- Jun 27, 2021
- 1 min read

ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އިހްތިޖާޖު ކުރަން ނިންމައިފިއެވެ.
ކޯވިޑާއި ކެފޭ، ރެސްޓޯރަންޓުތައް ބަންދުކޮށްފައި ވާތީ އެފަދަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ދަނޑިވަޅެއްގައި މި ނިންމުން ނިމާފައިވާކަން ފާހަގަކުރަމެވެ. އަދި އެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ނުފެންނަކަމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފައި ވާކަަަަން ވެސް ފާހަގަކުރަމެވެ.
ރެސްޓޯރަންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، “ކާންދޭ އަތުގަ ދަތް ނާޅާ“ ނަމުގައި ކެފޭ، ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އިހްތިޖާޖެއް އަންނަ ހޯމަދުވަހުގެ ހަވީރު 16:00 ގައި ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމައިފައިވާ ކަމަށެވެ.
”މި ސިނާޢަތުގައި އުޅުއްވާ ހުރިހާ ބޭފުޅުން މި ސުލްހަވެރި އެއްވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަން.“ ރެސްޓޯރަންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންް ވަނީ ދީފައެވެ.








Comments