އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
- މާހިރު މުޙައްމަދު
- Oct 1, 2021
- 1 min read

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި އިންޑިއާގެ ސަރުކާރަށް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މި ޕެޓިޝަންގައި ސޮއިކުރަން ފަށާފައި ވަނީ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބެއްވި ޖަލްސާގައެވެ.

ރައީސް ޟާލިހުގެ މިއަދުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ކަމަށް އެ ޕެޓިޝަނުގައިވެއެވެ.
އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ނިޒާމާއި، މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، މިނިވަންކަމަށް ބުރޫއަރާފައި ވާތީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި، ވަސީލަތްތައް ބޭލުމަށް ޕެޓިޝަނުގައި އެދިފައެވެ.








Comments