ޖޭޕީ އޮފީހުގައި ”ޞާލިޙު ޕާޓީ“ ޖެހި މައްސަލައެއް ފެންމަތިވެއްޖެ
- ޙުސައިން އަޙުމަދު

- Jul 8, 2021
- 1 min read

ރައްޔިތުން މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް ޚާއްސަކޮށްފައިވާ އޮފީހުގެ ބޭރުގައި ”ޞާލިޙު ޕާޓީއާއި“، (”އެމްއެމްޕީ“ މޯލްޑިވްސް މިލިޓަރީ ޕާޓީ) ލިޔެފައިވާ ގަނޑެއް ހަރުކުރި މައްސަލަ ބަލައިދިނުމަށް ޖޭޕީން މަޖިލީހުގެ އިދާރާގައި އެދިއްޖެއެވެ.
މަޖިލީހުގެ އިދާރާގައި ކޮންމެ ސިޔާސީ ޕާޓީއަކަށް ޚާއްސަ އޮފީހެއް ދޫކޮށްފައި ހުރެއެވެ. އެ ގޮތުން ފުރަތަމަ ފަންގިފިލާގައި ހުންނަ ޖޭޕީގެ އޮފީހުގެ ބޭރުގައި އިއްޔެ ވަނީ، ”ޞާލިޙު ޕާޓީއާއި“، ”އެމްއެމްޕީ“ ލިޔެފައިވާ ގަނޑެއް ހަރުކޮށްފައެވެ.
”ޞާލިޙު ޕާޓީ“ ނިސްބަތްކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށްކަމަށްވާއިރު، އެމްއެމްޕީ ނިސްބަތްކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މެންބަރުކަމަށް ވަޑައިގެން ހުންނެވި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމަށެވެ. މަޢުލޫމާތު ލިބޭގޮތުގައި ނާޒިމް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށްޓަަވާފައެވެ. ނަމަވެސް މިކަމުގައި އޭނާގެ ބަހެއް އަދި ލިިިިިިިިިިިބިފައިނުވެއެވެ.
އޮފީހުގެ ބޭރުގައި ކަރުދާސްގަނޑު ހަރުކުރި ބަޔަކު ހޯދަން މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖު ބަލައިދިނުމަށް އެ ޕާޓީން މަޖިލީހުގެ އަމީންއާންމު ގާތު އެދިފައިވާ ކަމަށްް ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު ޢަލީ ޙުސައިންއާއި ވިދާޅުވިއެވެ.








Comments