ޖިންސު ބަދަލުކުރުމަކީ ޚަލްޤުކުރައްވައިފައިވާ ގޮތް ބަދަލުކުރަން ހިންގާ ޢުދުވާނީ ޢަމަލެއް
- ޙުސައިން އަޙުމަދު

- Jul 16, 2021
- 1 min read

ޖިންސު ބަދަލުކުރުމަކީ އިންސާނާ ޚަލްޤުކުރައްވައިފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއްކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރު ޝަހީމް މިހެން ވިދާޅުވެފައި މި ވަނީ، ދިވެހި އަންހެނަކު އޭނާގެ ޖިންސީ ގުނަވަން ބަދަލުކޮށް، ފިރިހެނަކަށް ބަދަލުވެފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޖިންސު ބަދަލުކުރުމާ ބެހޭގޮތުން ޑރ.ޝަހީމް ވިދާޅުވީ ކުރީގެ ސަމާވީ ޝަރީޢަތެެއްގައި ވެސް އެ މުޑުދާރު ޢަމަލު ހުއްދަކޮށްފައި ނުވާކަމަށެވެ. ހަމައެހެންމެ ޖިންސު ބަދަލުކުރުމަކީ އިންސާނާ ޚަލްޤުކުރައްވައިފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއްކަމަށް ވެސް ޑރ.ޝަހީމް ސިފަކުރެއްވިއެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި ޢަމަލެއް ކަމަށާއި، އެފަދަ ކަންކަމުން ދުރުވާންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.








Comments