ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
- މާހިރު މުޙައްމަދު
- Jul 28, 2021
- 1 min read

އައްސޭރި ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ރޭ ލިބުނު މަޢުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް ވެއްދުމަށްޓަކައި އެ ޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި، އެ ޖަލުގެ އޮފިސަރުން ހޯދާފައިވާ ކަމަށެވެ. ހަމައެހެންމެ އެ ތަކެތި މިހާރު ފުލުހުންނާއި ހަވާލު ކުރެވިފައިވާކަމަށް ވެސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ނަމަވެސް އެއީ ކިތައް ގްރަާމުގެ މަސްތުވާތަކެތިކަމެއް ހާމައެއް ނުކުރައްވައެވެ.
އައްސޭރިޖަލުގެ ވަށާފާރު އުސްކުރުމުގެ މަޝްރޫޢު ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށާއި، މާދަމާ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.








Comments