ޖާބިރު ކަންފަތަށް ތިމަރަ އެޅުނަސް ބޮއިގެން އިޙްތިޖާޖު ނުކުރާނެ- މުޞްތަފާ
- ޙުސައިން އަޙުމަދު

- Aug 4, 2021
- 1 min read

އިއްޔެ ރައްޔިތުން މަޖިލީހުގެ ދޮރުމަތީގައި އޮންނަވައިގެން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިޙްތިޖާޖު ކުރެއްވީ ”ބޮއެގެންނެއް ނޫން“ ކަމަށާއި، އޭނާ ހުންނެވީ ”ދުނިޔޭގެ މޮޔަވެފައި“ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާ ވިދާޅުވެއްޖެއެވެ.
ޤާނޫނުއަސާސީގެތެރެއިން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤާއެކު ކުރައްވަމުން ގެންދަވާ އިޙްތިޖާޖެއްކަމަށް ވިދާޅުވެ، މިއަދު މެންދުރު ރަތްދައްކާ އަވީގައި ޖާބިރު ވަނީ، މަޖިލީހުގެ ދޮރުމަތީގައި އިށީނދެވަޑައިގެންނާއި އޮށޯވެ އޮންނަވައިގެން އަޑުއުފުއްލަވައިފައެވެ.
މި ގޮތުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ޖާބިރަށް އަމާޒުވެފައިވަނިކޮށް މުޞްޠަފާ ވިދާޅުވީ ޖާބިރު އެ އުޅުއްވަނީ ”ބޮއެގެންނެއް ނޫން“ ކަމަށާއި، އޭނާ ހުންނެވީ ”ދުނިޔޭގެ މޮޔަވެފައި“ ކަމަށެވެ.
”އޭނަ އަތުގަ ހުރި ފައިސާއެއް ފަހުން އޭނައަށް އޮޅުވައިލައިގެން އޭނަ އަތުން ފޭރިގަތީ އިބޫ ޞާލިޙާއި އޭނަގެ ބައިވެރިން. އެހެންވެ ދުނިޔޭގެ މޮޔަވެގެން“ މުޞްޠަފާ ވިދާޅުވިއެވެ.
ހަމައެހެންމެ މި ހުރިހައިކަމެއް ޖާބިރަށް ޖެހިފައިމިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އުނދަގުލާއެކުކަމަށް މުޞްޠަފާ ވިދާޅުވިއެވެ.
މުޞްތަފާ މިހެން ވިދާޅުވިއިރު މީގެތެރެއިން ޖާބިރު ވަނީ، ސަރުކާރުން ވެރިކަން ހޯދަން މަސައްކަތްކުރިއިރު، މަޝްވަރާތައްކުރެއްވީ އޭނާ ޗެއަރއެއްގެ ގޮތުގައި ބަހައްޓައިގެން ކަމަށާއި، ނަމަވެސް ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގަތުމުން އޭނާއަކީ އެއްވެސް އެއްޗަކަށްނުވިކަމަށެވެ.
”އަޅުގަނޑަށް ބައިނާޅާ ޙަޤީޤަތުގަ ކޭކުއެޅީ އަޅުގަނޑުގެ ލާރިން. އަޅުގަނޑު ހުރިހާ ފައިނޭންސެއް. ކޭކުފޮތިކޮށްލިއިރު ޖާބިރު ނުވެސް ލައްވާލާ. އޭގެކުރީގަ އެކަމު ޖާބިރަކީ ޗެއަރމަން.“ ޖާބިރު ވިދާޅުވެފައިވެއެވެ.








Comments