https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އެކައުންޓުތައް ވެރިފައިކުރަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 26, 2021
  • 1 min read

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސޯޝަލްމީޑިއާ އެކައުންޓުތައް ވެރިފައިކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.


މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ ބަައެއް މެންބަރުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން ދޮގު މަޢުލޫމާތުތައް ފަތުރަމުންދާކަމަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ މެންބަރުންގެ ނަމުގައި ފޭކް އެކައުންޓު ހަދައިގެން މެންބަރުންގެ ޢަބުރާއި ތަސައްވުރަށް އުނިކަން އަންނާނެފަދަ ޢަމަލުތައް ހިނގާ ހިސާބަށް ކަންކަން ގޮސްފައިވާކަން ފާހަގަކުރައްވައި، މެންބަރުންގެ އެކައުންޓުތައް ވެރިފައިކޮށްދިނުމަށް މޮސްޓާ ހުށަހެޅުއްވިއެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މޮސްޓާގެ މި ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ. ހަމައެހެންމެ ކޮމިޓީގެ މުޤައްރިރު، ކުޅުދުއްފުށީ ދާއިރާގެ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ މަޖިލީހުގެ މެންބަރުންގެ ސޯޝަލްމީޑިއާ އެކައުންޓްތައް ވެރިފައިކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޖިލީހުގެ އިިދާރާގައި ދަންނަވާނެކަމަށް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page