އިތުރު އެއާލައިނަކުން ރާއްޖެއަށް ވައިގެ ދަތުރުތައް އަލުން ފަށައިފި
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read

ބްލޫ ޕެރޮނާމާ އެއާލައިން ރީބުރޭންޑު ކުރުމަށް ފަހު ޕޮލެންޑާއި ރާއްޖެ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފަށައިފި އެވެ.
މި ފަހަރު އެ އެއާލައިނުން ދަތުރު ފެށި އާ ބްރޭންޑް ލޫކް އެއާގެ ނަމުގައިއެވެ.
މި އެއާލައިނަކީ ރާއްޖެއަށް ޗާޓާޑް ދަތުރު ކުރާ އެއާލައިނަކެވެ.
މި ދަތުރުތައް ކުރުމަށް ހަަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހާއި ހިސާބަށެވެ. އިއްޔެގެ ފްލައިޓުން ރާއްޖެއަށް 294 މީހުން އައިސްފައިވެއެވެ.

މީގެ ކުރިން ކުރިން ރާއްޖެއަށް ދަތުރު ކުރި ދަތުރުތަށް ކޯވިޑާއި ގުޅިގެން ދަތުރު ހުއްޓާލި ގިނަ އެއަލައިންތަކުން އަލުން ވަނީ ދަތުރުތައް ފަށާފައިއެވެ. އަދި އެއާލައިންތަކުން ދަނީ ޑިމާންޑު ބޮޑުކަމުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަމުންނެވެ.








Comments