އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް އީސީން ނިންމާއިފި
- Goal mv
- Jul 15, 2021
- 1 min read

”މޯލްޑިވްސް ނޭޝަނަލް ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ.ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައި ވާކަމަށްް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެެެެެެެެފައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާ އިރު، ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރު އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ލީޑަރޝިޕްގެ ދަށުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ވަރަށްބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިންނަވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ބަހުސްކޮށް ވާހަކަދެއްކެވުމަށް ފުރުސަތު ލިބިނުލައްވާ ކަމަށާއި، ބައެއް ފަހަރު ލިބިލައް ވަނީ އެންމެ 30 ސިކުންތު ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ، އުޝާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒެވެ.








Comments