އިތުރު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Jul 11, 2021
- 1 min read

އިތުރު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ޢަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ”ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ“ (National Solidarity Party) ގެ ނަމުގައި، ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފައިވާ ކަމަށާާާއި އެކަމާގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަނުން ހުއްދަ ދެއްވުމުން ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އެ ބަޔާނުގައި ވަނީ، އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި، ދައުލަތުގެ ބާރުތައް ވަކިކުރެވިގެންދިއުމާއެކު ވެސް، ހައްލުނުކުރެވި ހުރި އެތައް މައްސަލައެއް ޤައުމުގައި އެބަހުރި ކަމަށެވެ.
”މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީގޮތުން ބާރުވެރިކުރުވުމަށާއި، ޤައުމުގެ އިޖުތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކެން“ ކަމާލުއްދީނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޢަބްދުﷲ ކަމާލުއްދީން އިތުރު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި މި ވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.








Comments