ޕީއެސް ވަކިކޮށްދިނުމަށް ފޮނުވާފައި އޮންނަތާ 8 މަސް ވެއްޖެ
- ޙުސައިން އަޙުމަދު

- Aug 15, 2021
- 1 min read

އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ހަސީބް އިސްމާޢީލް މަޤާމުން ވަކިކޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އެދިވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ހަސީބް އިސްމާޢީލް މަޤާމުން ވަކިކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ސިޓީގެ ބައެއްގެ ކޮޕީއެއް ހަސީބު ވަނީ ފޭސްބުކްގައި ހިއްސާކުރައްވާފައެވެ. މި އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުގައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުއްވާފައިވާ އެ ސިޓީގައި ވަނީ ހަސީބު މަޤާމުގައި ބަހައްޓައިގެން މިިނިސްޓްރީ ހިންގުމަށް ދަތިވާނެ ކަމަށެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަނުން އަދި ވަކި އެއްޗެއް އަދި ނުބުނެއެވެ. ހަސީބު އެ މަޤާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަަހަރުގެ ނޮވެމްބަރުގައެވެ.








Comments