އިނގިރޭސިވިލާތުގަަަައި ދިރިއުޅެމުން ދަނިކޮށް ޢަލީ ވަޙީދު ހައްޔަރުކޮށްފި
- މާހިރު މުޙައްމަދު
- Sep 7, 2021
- 1 min read

ޝަރީޢަތަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ހައްޔަރުކުރިކަމުގެ މަޢުލޫމާތު އެ ޤައުމުގެ ފުލުހުން، ދިވެހި ފުލުހުންނަށް އަންގައިފިއެވެ.
ޢަލީ ވަޙީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން، އެ ޤައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މިއަދު މައުލޫމާތު ލިބިފައިވާ ކަމަށްް ލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވިިިިިިއެވެ.
ޢަލީ ވަޙީދު ހައްޔަރުކުރިކަމުގެ މަޢުލޫމާތު ރާއްޖޭގެ މީޑިއާތަކުން ހާމަކުރީ ހުސްވި މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް ފުލުހުން އޭރު ވިދާޅުވީ، އޭނާ ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޖިންސީ ކުށުގެ 7 ދަޢުވާ އުފުލުމުން ޝަރީޢަތައް ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކުރި ޢަލީ ވަޙީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ޑިޓެންޝަން ސެންޓަރެއްގައެެވެ.
އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދަން ނިންމައި ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެވަޑައި ނުގަތުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 2 މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށް ހުސްވިމަހުގެ 11 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ޙުކުމް ވެސް ކޮށްފައެވެ.








Comments