އިންޑިޔާ އެމްބަސީ ގޮއްވާލަން ބުނި އެމްޑީޕީ މެންބަރެއް
- Goal mv
- Jul 4, 2021
- 1 min read

އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މީހާ އެމްޑީޕީ އިން ވަކިކުރަން އެޕާޓީއިން މިއަދު ނިންމައިފިއެވެ.
އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށްބުނެ ޓްވީޓް ކޮށްފައިވަނީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. އޭނާ އަކީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ހުށަހެޅި މީހެކެވެ.
މިކަމާއި ގުޅިގެން މިރޭ އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލަ އަކީ، އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ މިޕާޓީ އިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގާ، ކުށްވެރީންނަށް ހައްޤު އަދަބު ލިބިދިނުން މުޙިއްމު ކަމަށް ކަމާބެހޭ މުއައްސަސާތަކަށް އެޕާޓީއިން ގޮވާލާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ މުޙައްމަދު އިނާދު މިޕާޓީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމާފައި ވާކަމަށެވެ.








Comments