އިންޑިއާ ސިފައިން ރާއްޖެ ހިފައިފި
- މާހިރު މުޙައްމަދު
- Aug 16, 2021
- 1 min read

އިންޑިއާ ސިފައިން ރާއްޖެ ހިފައި އެ ޤައުމުގެ ދިދަ މި ފަސްގަނޑުގައި ޖަހާފައިވާ ކަމަށް ރައީސް ޔާމިންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަޙްމަދު ޞިއްދީޤު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޞިއްދީޤު އެހެން ވިދާޅުވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވަސީމް އަކްރަމް ޓިކޮޓޮކްގައި އިއްޔެ ޢާންމުކޮށްފައިވާ ވީޑިއޯއަކާއި ގުޅިގެންނެވެ.
އެ ވީޑިއޯއިން ފެންނަނީ ރާއްޖޭގެ ރަށެއްގެ ހުދު ދޮންވެލިގަނޑުގައި އިންޑިއާގެ ޤައުމީ ދިދަޖަހައި އުފާ ފާޅުކުރާ މަންޒަރެވެ.
ޞިއްދީޤު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ހިފައި، އެ ޤައުމުގެ ދިދަ މި ދިވެހި ފަސްގަނޑުގައި ޖަހައިފި ކަމަށާއި މިނިވަންކަން ދިފާޢުކުރަން ހުވައި ކޮށްގެން ތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ ވެސް ޞިއްދީޤު ސުވާލު ކުރެއްވިއެވެ.
ފުލުހުން އިންޑިއާގެ ދުޝްމަނުން ހައްޔަރު ނުކުރާނެ ކަމަށާއި، އެ ގޮތުން ރައްޔިތުން ނިކުމެ، ދުޝްމަނުން ތިބި ތާކުން ހޯދާ ހައްޔަރު ކުރަން ޞިއްދީޤު ވަނީ ގޮވައިލައްވާލާފައެވެ.








Comments