https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ބޯޓު ހަލާކުވެފައި ވާ ކަމަށް ބުނެ އެމްއެންޑީއެފުން ދޮގުހެދީ ތަ؟

  • މާހިރު މުޙައްމަދު
  • Oct 18, 2021
  • 1 min read

މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗަކުން މޫދަށް ވެއްޓި ގެއްލުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތްް ކުރުމަށްް އެމްއެންޑީއެފުން ޑޯނިއާ ބޭނުންކުރަމުން ނުދާކަމަށް ރާއްޖޭގެ ދިފައިބާރުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޫދަށް ވެއްޓި ގެއްލުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތްް ކުރުމަށްް ޑޯނިއާ ބޭނުންކުރަމުން ނުދާ ކަމަށާއި އެއީ ޓެކްްނިކަލްް މައްސަލައެއް ދިމާވެ ޑޯނިއާ ގްރައުނޑްް ކޮށްފައި ވާތީ ކަމަށެވެ. އެމްއެންޑީއެފްގައި 2 ޑޯނިއާ މަތިންދާ ބޯޓު އޮންނަ އިރު ޑޯނިއާގެ އެއްވެސް އުޅަނދެއް ބޭނުންކުރަމުން ނުދެއެެވެ.

ޑޯނިއާ ބޯޓުތަކަށް ޓެކްްނިކަލްް މައްސަލައެއް ދިމާވެ ބޯޓުތައް އޮތީ ގްރައުނޑްްކޮށްފައި ކަމަށް އިއްޔެ އެމްއެންޑީއެފްްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނިކޮށް މިއަދު 11:40 ހާއިރު އެމްއެނޑީއެފުން ވަނީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓުގައި އެނާ މާލެ ގެނެސްދީފިއެވެ.


އެމްއެންޑިއެފުން ބުނީ އުމުރުން 79 އަހަރުގެ އެ މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެންކަމަށެވެ.


އެ ބަލިމީހާ އުނގޫފާރުން ސީއެމްބިއުލޭންސްގައި އެ އަތޮޅު އިފުރު އެއަރޕޯޓަށް ގެންގޮސް އެމްއެންޑީއެފް ޑޯނިއަރ މަތިންދާ ބޯޓުގައި މާލެ ގެނެސްފައި ވީ އިރު ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗަކުން މޫދަށް ވެއްޓި ގެއްލުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތްް ކުރުމަށްް ސިފައިންގެ ޑޯނިއާ ބޭނުންކުރަމުން ނުދާކަމަށް އޭރު ވިދާޅުވި އިރު ދިމާވި ޓެކްނިކަލް މައްސަލަ ބުނެދެވިފައި ނުވެއެވެ. ވީއިރު މިއަދު ޓެކްނިކަލް މައްސަލަ އެހާ އަވަހަށް ހައްލުވުން އެއީ ކިހިނަކުން ވީ ކަމެއްތޯއެވެ؟


އަޅުގަނޑު މި ސުވާލު ކުރަން މިޖެހުނީ ޑޯނިއާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ އެމްއެންޑީއެފްްގެ މީޑިއާ އޮފިޝަލަށް ބުނެދެވިފައި ނުވުމާއި އެ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރަމުން ދާ ކަމެއް ނުވަތަ ނޫން ކަމެއް ވެސްބުނެދެވިފައި ނުވާތީއެވެ.


އިންޑިއާއިން އެންމެ ފަހުން ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެއަށް ހަދިޔާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ވީ އިރު މިހާ އަވަހަށް ޑޯނިއާ މަތިންދާ ބޯޓަކަށް މިފަދަ ޓެކުނިކަލް މައްސަލަތަކެއް މި ކުރުމުއްދަތުގެ ތެރޭގައި ދިމާންވަމުން ދާ ނަމަ މި ފަދަ ޤައުމުތަކުން ދޭ މި ފަދަ އަގުހުރި ހަދިޔާތަކުގެ ފޮނި މީރުކަން ދިވެހި ޤައުމުގެ ރައްޔިތުންނަށް ނުލިބޭނެކަން ޔަގީނެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page