https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާއަށް ބަރޯސާވުމުން ބިސް، ފިޔާ އަދި އަލުވީގެ އަގު އުފުލެނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 14, 2021
  • 1 min read

މާލޭގެ ބާޒާރުގައި ފިޔާ، ބިސް އަދި އަލުވި، ހުސްވުން ގާތްވެ އެތަކެތި ލިބުން ދަތިވެދާނެ ކަމަށް، ވިޔަފާރިވެރިން ބުނެފިއެވެ.


ވިޔަފާރިވެރިން ބުނެފައި ވަނީ،އެ ތަކެއްޗަކީ އާއްމުކޮށް އިންޑިއާއިން ގެންނަ ތަކެތި ކަމަށާއި، އެހެން ނަމަވެސް މިހާރު އިންޑިއާ އިން ރާއްޖެއަށް ތަކެތި ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާކަމަށެވެ. އެ މިގޮތަށް ކަންކަން ވާނަމަ މި މަސް ނިމޭ އިރު ފިޔާ، އަލުވި އަދި ބިސް މާލޭގެ ބާޒާރުން މުޅިން ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި ފިޔާ، އަލުވި އަދި ބިސް ހުސްވާން ގާތްވެފައި ވާއިރު، މިތަކެތީގެ އަގު އުފުލިދާނެ ކަމަށް ލަފާ ކުރެވެއެވެ. މިހާރު ބިސް ކޭހެއް ލިބެނީ 420ރ އަށް ހުރި އިރު، ފިޔާ ކިލޯއެއް ހުރީ 20ރ އަށެވެ. އަދި އަލުވި ކިލޯއެއް ލިބެން ހުރީ 15ރ. އަށެވެ.


ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ގިނަ ވިޔަފާރިވެރިން ވަނީ، ބަސްތާ އިން ވިއްކުން ހުއްޓާލާފައެވެ.


އެމިގޮތަށް ނިންމީ، ވީހާވެސް ގިނަބަޔަކަށްތަކެތި ލިބުމުގެ ފުރުސަތު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް އެފަރާތްތަކުން ބުނެއެވެ.


އިންޑިއާ އާއި ރާއްޖެއާއި ދޭތެރޭ މުދާ އުފުލުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ، އެންމެ ބޯޓެކެވެ. އެކަމާއި ގުޅިގެން އެދެވޭ ވަރަށް މުދާ ގެނައުމުގައި ބޮޑެތި ގޮންޖެހުންތަަަަަަަަށް ވިޔަފާރިވެރިންނަށް ވަނީ ކުރިމަތިވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page