އިންޑިޔާ މީހަކު ހުޅުމާލޭގައި ދިވެސްއަކު މަރައިލަން މަސައްކަތްކޮށްފި
- މާހިރު މުޙައްމަދު
- Aug 10, 2021
- 1 min read

ބިދޭސީ މީހާ ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ، މަރައިލަން މަސައްކަތްކޮށްފައި ވަނީ ރޭ ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައެވެ.
ޓެކްސީ ޑްރައިވަރު މަރައިލަން މަސައްކަތްކުރީ އިންޑިޔާ މީހެއްކަމަށްވާ އިރު، އޭނާ ހަމަލާދިނީ ގަމީސް ބޭލުމަށް ފަހު ޑްރައިވަރުގެ ކަރުގައި އޮޅައިލައިގެންނެވެ. އޭނާ ވަނީ ޑްރައިވަރު މަރައިލަން މަސައްކަތް ވެސް ކޮށްފައެވެ.
ކާރު ކޮންޓްރޯލުން ނެއްޓި ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ޕާކުކޮށްފައި އޮތް ވޭނަކާއި، ސައިކަލެއްގައިޖެހި ވަނީ އެކްސިޑެންޓްވެފައެވެ. އިންޑިޔާ މީހާ ޑްރައިވަރު މަރައިލަން މަސައްކަތް ކުރީ ދަތުރު ފައިސާ ދޭން ޑްރައިވަރު ބުނުމުން އޭނާގެ އަތުގައި ފައިސާނެތް ކަމަށް ބުނެފައެވެ.
އެ ދަތުރު އިންޑިޔާ މީހާ ނެގީ ހުޅުލޭ އައިލެންޑް ހޮޓެލުންނެވެ. އެ ތަނުން އޭނާ ނުކުތް އިރު ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.








Comments