https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާ ހައިކޮމިޝަން ގޮއްވައިލާނެކަމަށް ބުނެފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 3, 2021
  • 1 min read


ރާއްޖޭގައި ހުރި ޗައިނާ އެމްބަސީއާއި،އިންޑިއާގެ ހައިކޮމިޝަންގައި، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ ދޭދޭ ޤައުމުތަކާމެދު އޮންނަ ގުޅުންތަކާބެހޭ ޙަޤީޤާާތެެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި، އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން ބިރުވެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެކަމަށާއި، އިންޑިއާގެ ހައިކޮމިޝަން ގޮއްވައިލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ ޢިިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ ތަނުން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ”އެ އެދުމުގެ މަތިން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ، އެ ދެ ޢިމާރާތާގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ.“ ފޮރިން މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަޤީޤަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި، އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ، އެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ. ހަމައެއާއެކު އެ ޤައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމަށާއި, ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށެވެ. ”ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ, ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަަތުތަކަށް ވެސް ނޭދެވޭ އަސަރުކުރާނެ.“ ފޮރިން މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓްރީން ވަނީ، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފަދަ ގޮތްތަކަށް ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page