https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާގެ ނުފޫޒުން ރާއްޖެ މިންޖުކުރެއްވޭނީ ހަމައެކަނި ރައީސް ޔާމިނާއި، އަޅުގަނޑަށް- ޢުމަރު

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 10, 2021
  • 1 min read

ރާއްޖެ އިންޑިއާގެ ނުފޫޒުން މިންޖުކުރެއްވޭނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާއި، އެ މަނިކުފާނަށް އެކަނި ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރޭ ވިދާޅުވެއްޖެއެވެ. ޢުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިންގެ ޤާބިލްކަން ނެތުން ކަމަށާއި، ވެރިންގެ ވިސްނުން ތިލަވުން ކަމަށެވެ. އެ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ފޮރިން މިނިސްޓަރުގެ ވިސްނުންފުޅު މާ ބޮޑަށް ތިލައީ ކަމަށާއި، އިންޑިއާއިން ގަންނަނީ ކޮން ގަނޑެއްކަމެއް އެ ބޭފުޅުންނަކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ”އިންޑިއާއިން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓަތަކެއް ނަގާފައި އެ ކޮންޓްރެކްޓްތަކުގެ ނަމުގަ އެތައް ބަޔަކު އެތެރެކޮށްގެން ކޮންޓްރެކްޓްތައް ނުނިންމާ ތިބެން. ނުނިންމާނެ އިނގޭތޯ އެ ކޮންޓްރެކްޓްތަކެއް. ދަންމާނީ. ދަންމާނީ. އައިޖީއެމްއެޗް ހެދީ 10 އަހަރު ދުވަހުން.“ އިންޑިއާގެ ގޮތް ސިފަކުރައްވައި ޢުމަރު ވިދާޅުވިއެވެ. ކޮންޓްރެކްޓްތައް ނެގުމަށްފަހު އެކަން ނުނިންމައި ދިގު ދަންމައިލަނީ އެ މީހުންނަށް ނުވެގެން ނޫން ކަމަށާއި، ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ މީހުންގެ މީހުން ގިނަ ކުރުމަށް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. ޢުމަރު ވިދާޅުވީ މި ވާހަކަތައް މި ދައްކަވަނީ އިންޑިއާއާމެދު ނަފުރަތެެއް އޮވެގެން ނޫން ކަމަށާއި، ނަމަވެސް އެ ޤައުމަކަށް މި ރާއްޖޭގައި ގަދަފައިނުވިއްދޭނެ ކަމަށެވެ. ޢުމަރު ވިދާޅުވީ ރައީސް ޞާލިޙް އިތުރު ދައުރަކަށް ދެން ހޮވިވަޑައިނުގަންނަވާނެކަން މިހާރު އިންޑިއާއަށް ވެސް އެނގޭ ކަމަށެވެ. އެ މީހުން މިހާރު ބޭނުންވާނީ ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ތެރެއަށް އެ މީހުންގެ މީހުން ވެއްދުމަށް ކަމަށެވެ. އެ ގޮތުން ދެން އަންނަ ވެރިއަކު ވެސް، އެ މީހުންގެ ބަހަށް ހެއްލިއްޖެނަމަ އެ މީހުން ތިބޭނީ މިހާރު ތިބި ގޮތަށް ރާއްޖޭގައި ގަދަފައިވިއްދައިގެން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. ޢުމަރު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖެ މިންޖުކުރެއްވޭނެ ތިއްބެވީ ހަމައެކަނި 2 ލީޑަރުން ކަމަށެވެ. އެއީ އޭނާއާއި، ރައީސް ޔާމިނު ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page