އިންޑިއާއަށް އިދިކޮޅުގެ ޖަލްސާތަކުގައި ފާޑުކިޔާތީ ނަޝީދު ވަރަށް ކަންބޮޑުުވެއްޖެ
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

އިދިކޮޅު ކޯލިޝަނުން ބާއްވާ ޖަލްސާތަކުގައި އިންޑިއާއަށް ފާޑުކިޔާތީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ”އައްޑަނަ“ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ޤައުމުތަކަށް ނިސްބަތްކޮށް، ކުޑައިމީސް ބަސްތަކުން ވާހަކަދައްކަމީ އެ މަނިކުފާނުގެ ކަންބޮޑުުވުން އިތުރުވާކަމެއް ކަމަށެވެ.
ހަމައެހެންމެ އިންޑިއާއަކީ ޒަމާނުއްސުރެ އެންމެ އެހީތެރިވާ ޤައުމު ކަމަަށާއި، އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި އެންމެ އިސްދައުރު އަދާކުރާ ޤައުމުކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.








Comments