https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އަސާސީ ސިފަތައް ސަރުކާރުން ދަނީ ނައްތާލަމުން– ރައީސް ނަޝީދު

  • މާހިރު މުޙައްމަދު
  • Jul 17, 2021
  • 1 min read

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަން ޖެހޭނެ ކަމަށާއި، ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ. މީގެ އިތުރުން ބަޔާނުގައި ރައީސް ނަޝީދު ވަނީ އަދާލަތު ޕާޓީއިން ކުރަމުން އަންނަ ކަންކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންތައް އަދާލަތު ޕާޓީން މޮނޮޕޮލައިޒް ކުރަމުން ދާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ނިންމެވުންތަކަށް ބާރު ފޯރުވުމުގެ ފުރުސަތު، އަދާލަތު ޕާޓީއަށް ދެއްވަމުންދާތީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެ، ކޯލިޝަނުގެ ތަބީއަތްވެސް ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފުވެފައި ވާކަމަށެވެ. މި ބަޔާނުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ދިވެހީން ވޯޓު ދިނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ނޫން ކަމަށްވެސް އަދާލަތަށް ނިސްބަތް ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ. ހަރުކަށި ކެންޑިޑޭޓުންނަކީ ދިވެހިން އެންމެ ލޯބިކުރާ ކަންކަން މުޖުތަމައުން ފިލުވައިލައި، ދިވެހީންގެ މިނިވަންކަން ނަގައިލާނެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެފައި ވާއިރު، ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވި 3 އަހަރު އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނީ، އަދާލަތު ޕާޓީއާއި އެކު ކޯލިޝަން ހައްދަވައިގެންކަން ފާހަގަ ކޮށްލެވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page