މާލޭގެ ޢިމާރާތަކުން އަންހެނަކު ވެއްޓި އަނިޔާވެއްޖެ
- މާހިރު މުޙައްމަދު
- Aug 23, 2021
- 1 min read

މާލޭގެ ޢިމާރާތަކުން އަންހެނަކު ވެއްޓި އަނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ އަމީނީ މަގަށްވާ ގޮތަށް ހުރި، ހަދަމުންދާ ޢިމާރާތަކުންނެވެ. އެ މީހާ ވެއްޓުނު ތަނުގައި ވަރަށް ގިނައިން ލޭ ހުރިކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަނިޔާވި އަންހެން މީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނައިރު، އޭނާގެ ސިއްހީ ހާލަތާއި ގުޅޭ މަޢުލޫމާތެއް އަދި ސާފެއްނުވެއެވެ. އަންހެން މީހާ ވެއްޓުނު ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.








Comments