އިިދިކޮޅު ކޯލިޝަނުން ބާއްވާ އިހުތިޖާޖު މާލޭގައި ބާއްވައިފި
- މާހިރު މުޙައްމަދު
- Sep 10, 2021
- 1 min read

އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" މި ނަމުގައި ކުރިއަށްގެންދާ އިހުތިޖާޖުގެތެރެއިން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އިހުތިޖާޖު ފަށައިިފިއެވެ.
މި އިހުތިޖާޖު ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
މި ސަރުކާރުން ވެރިކަމަށް އައީ އިންސާފު ކަށަވަރުކޮށްދޭނެ ވަޢުދާއެކުގައެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެެއެއް ކަށަވަރުކޮށްދޭނެ ޔަޤީންކަމާއެކުގައެވެ. އިދިކޮޅުން މި ވަގުުތު ކުރަމުންދާ މި އިހްތިޖާޖަކީ އިސްވެ ދެންނެވި ކަންކަމާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރަމުންދާތީ ކުރަމުންދާ އިހްތިޖާޖެކެވެ.
މި އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، ކުރީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.








Comments