ހުޅުމާލެ ފޭސް 2ގައި ކެފޭ އަދި ފިހާރަ ހިންގާނެ ބަޔަކު ހޯދަނީ
- މާހިރު މުޙައްމަދު
- Aug 23, 2021
- 1 min read

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފިހާރަތަކާއި، ކެފޭ އަދި ކްލިނިކްގެ އިތުރުން ބޭސްފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އިން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ކުރި އިއުލާނުތަކެއްގައި ވާގޮތުން، ކްލިނިކް ގާއިމުކުރުމަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައިވަނީ ފޭސް ދޭއްގެ އެޗް6 ޓަވަރުގެ 2،190.99 އަކަފޫޓުގެ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގައި ކްލިނިކް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެއެވެ.
2 ވަނަ ފިޔަވަހީގައި ގްރޯސަރީ ސްޓޯ ނުވަތަ ފިހާރަ ހިންގަން އެދޭ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެއެވެ. ފިހާރަތަކަށް ދޫކުރަން އެޗްޑީސީ އިން ނިންމާފައިވަނީ އެޗް13 ޓަވަރުގެ 1093.40 އަކަފޫޓެވެ. ކެފޭ ހެދުމަށް ދޫކުރަން ނިންމާފައިވަނީ އެޗް7 ޓަވަރުން އިން 2196.91 އަކަފޫޓާއި، އެޗް9 ޓަވަރުން 2120.81 އަކަފޫޓު އަދި އެޗް13 ގެ ޓަވަރުން 1096.52 އަކަފޫޓެވެ. އެ ސްލޮޓުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ 14 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމަށް އެޗްޑީސީ އިން ބުނެއެވެ. އޭގެ އިތުރުން ބޭސްފިހާރަ ހެދުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ސެކިއުރިޓީއާއެކު ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އިރު، ކެފޭ ހެދުމަށް ދޫކުރަން ނިންމާފައިވަނީ އެޗް11 ޓަވަރުގެ 539.92 އަކަފޫޓެވެ. މި ހުރިހާ ޕްރޮޖެކްޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ވެސް ޕްރީޕްރޮޕޯސަލް މީޓިން އޮންނާނީ އޮންލައިންކޮންނެވެ. އަދި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އެގްޒިބިޝަން ސެންޓަރުގައެވެ. އެކަންކަމުގެ ތަފްސީލު މިހާރު ވަނީ އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.








Comments