ކާރެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
- މާހިރު މުޙައްމަދު
- Sep 20, 2021
- 0 min read

މާލޭ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައިދޭ ބުރިޖް އިން ހުޅުމާލެއަށް އަރާ ފަޅިން ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުއް ފަރާތްތަކުން ބުނީ، އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ، ކާރު އާދަޔާއި ހިލާފަށް ބާރަށް ދުއްވާފައި އައިސް ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި ކާރުގެ ކޮންޓްރޯލް ގެއްލި، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ބޮޑު މަގުގައި ހުންނަ، ފެންސުގައި ޖެހިފައި ވާކަމަށެވެ. އަދި ފެންސު އެތާ ނެތް ނަމަ، އެ ކާރު މޫދަށް ވެއްޓޭނެ ކަމަށާއި، ކާރު ކޮންޓްރޯލްވީ، ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށްވެސް މަންޒަރު ދުއް ފަރާތްތަކުން ވަނީ ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.








Comments