ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި
- މާހިރު މުޙައްމަދު
- Sep 5, 2021
- 1 min read

ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ބޮކަރުމާ ހިނގުމުގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 09:44 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ހަމައެހެންމެ ކާރާއި، ސައިކަލު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ވެސް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.








Comments