ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިފި
- މާހިރު މުޙައްމަދު
- Jul 23, 2021
- 1 min read

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަން ފަށައިފިއެވެ.
ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހުޅުމާލެ 5 ނަންބަރު ރަބަރުގޯޅި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ ސްޕެޝަލް ފޯސް އިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނީ އިވުނީ ވަރަށް ބާރުގަދަ އަޑެކެވެ.
ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށާާާާއި ބާރުގަދަ ގޮވުމުގެ އަޑު ގޮވާފައި ވަނީ ހުޅުމާލެ ބޯގަންވިލާ މަގު، ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދުގައި ކަމަށްް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިިިިިިއެވެ.
އެ ގޮވުމުުުުގެ ސަބަބުންް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.








Comments