ހުކުރު ވަގުތުގައި ޒުވާނެއްގެ ބޮލަށް ވަޅިން ހަމަލާދީ ޒަޚަމްކޮއްލައިފި
- މާހިރު މުޙައްމަދު
- Sep 17, 2021
- 0 min read

އައްޑޫ ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮއްލައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މި މާރާމާރީ ހިނގާފައިވަނީ މިއަދު ހުކުރު ވަގުތުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާއަށް ވަޅިން ހަމަލާދިނީ، އޭނާ ދިރިއުޅޭ ފުލެޓަށް ވަންނަން ދިޔަ ވަގުތުގައެވެ. އެ ގޮތުން އޭނާގެ ބޮލަށް ވަޅިން ހަމަލާދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.








Comments