ހޮނޑާފުށި ރިސޯޓް މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭތާ އެތައް މަހެއް ވެއްޖެ
- މާހިރު މުޙައްމަދު
- Nov 21, 2021
- 2 min read

ހދ. އަތޮޅުގައި އޮންނަ ހޮނޑާފުށި ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސްވެއްޖެއެވެ.
ސާވިސްޗާޖް ނުދޭތާ ފަސްމަސްދުވަސް ވެފައި ވާ އިރު ފަހުން ސާވިސްޗާޖް ދިން އިރު ދީފައި ވަނީ 30 ޑޮލަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހު އެރިސޯޓުގެ އެވެރެޖް އޮކިއުޕެންސީއަކީ 80 ޕަސެންޓެވެ. އެރިސޯޓް ހިންގަމުން އަންނަނީ ހދ. ކުޑަމުރައިދޫގައި ވެސް ރިސޯޓެއް ތަރައްޤީކުރުމަށް 16 އަހަރަށްވުރެއް ގިނަދުވަހު މަސައްކަތް ކުރަމުން އަންނަ ތްރީއޭ ކުންފުނިންނެވެ.
ހޮނޑާފުށި ރިސޯޓް ހިންގަމުން ދަނީ އެކަށީގެންވާ ވަރަށްވުރެ މާ މަދު މުވައްޒަފުންނާއި އެކުކަމަށްވާ އިރު އިތުރުގަޑީގައި މަސައްކަތް ކުރަންޖޭހޭ އިރު އިތުރުގަޑީގެ އެލަވަންސް ވެސް ނުލިބޭކަމުގެ މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން ވެސް މުވައްޒަފުން ބަލިވެގެން ދައްކާނެ ޑޮކްޓަރެއް ނުވަތަ ނަރުހެއް ވެސް އެ ރިސޯޓްގައި ނެތް ކަން ފާގަކުރަމެވެ.
އެރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނަކު ވަރަށް ބަލިވެގެން ޑޮކްޓަރ އަށް ދެއްކުމަށް ކުޅުދުއްފުއްޓަށް ގޮސް އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ދިއުމަށް ރިސޯޓްގައި އެދުމުން، 4 ވަރަކަށް ދުވަސް ފަހުން ރިސޯޓުގެ އެޗްއާރުން ގުޅާފައި "ޖީއެމް ބުންޏޯ މަޑުކޮށްލާށޭ" ބުނެ ވަޒީފާއިން ވަކިކުރިކަމަށާއި މިއަދާއި ހަމައަށް ވެސް ވަޒީފާއިން ވަކިކުރިކޮން ސަބަބަކާއި ހުރެކަމެއް އެޗްއާރުން ބުނެފައިނުވާކަމަށް އޭނާ މައުލޫމާތު ހަމަކުރެއެވެ.
ހެނދުނު 6 ފެސިގެން ރޭނގަޑު 1، 2 ޖަހާ އިރު ކޮންމެ ރެއަކު، 24 ގަޑި އިރު ކަހަލަ ގޮތެއްގައި ހޮނޑާފުށި ރިސޯޓްގައި ވަޒީފާ އަދާކުރަން ޖެހޭ ކަމަށައި ރޫމްބޯއީކަމާއި ވޭޓަރ ކަމާއި، ބަގީދުއްވުމާއި އެއަރ ޕޯޓްއަށް ގެސްޓުން ބަލާދިއުމާއި، މީގެ އިތުރުން ވެސް އިތުރު މަސައްކަތް ކުރަންޖެހޭ ކަމުގެ ޝަކުވާ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބެއެވެ.
ހޮނޑާފުށި ރިސޯޓްގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިން ތަފާތު ކުރުމަކީ ވެސް އިންތިހާއަށް ބޮޑު މައްސަލައެއް ކަމަށާއި ބިދޭސީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭއިރު ދިވެހިންނަށް މުސާރަ ދެނީ ދިވެހި ރުފިޔާއިންނެވެ. އެ ރިސޯޓްގައި ވަޒީފާ އަދާކުރަމުންދާ ގިނަ ބިދޭސީންގެ ވޯކްޕާރމިޓް ނެތް ކަމަށާއި ވިސާ ހަމަވެފައިވާ މުވައްޒަފުން އެބަތިއްބެވެ.
މިވަގުތު 78 މުވައްޒަފުންއެރިސޯޓުގައިމަސައްކަތްކުރަމުންދާ އިރުދިވެހިމުވައްޒަފުންގެއަދަދަކީ 14 މުވައްޒަފުންކަމަށް މަޢުލޫމާތު ލިބެއެވެ. މި ފަދަ މައްސަލަތަކުގެ ސަބަބުން އެރިސޯޓުގައިމަސައްކަތްކުރަމުންއަންނަމުވައްޒަފުންގެމެދުގައިޝަކުވާ ވަނީ އިންތިހާއަށްބޮޑުވެފައެވެ.
މި މައްސަލާއާ ގުޅިގެން ރިސޯޓް މުވައްޒަފުންގެ ހައްގު ހޯދުމަށް މަސައްކަތްކުރާ "ރިސޯޓް ވޯރކާސް މޯލްޑިވްސް" އިން ބުނެފައި ވާނީ
"ޓޫރިޒަމް މިނިސްޓާރ ތައްމިނަށް އަނގަ ފުޅާކޮށްފަ މި ބުނަނީ ޓޫރިޒަމް ރިކަވާރ ވެއްޖޭ 2020 ގަ ރިސޯޓްތަކަށް ރެކޯޑް އާމްދަނީ ލިބިއްޖޭ! ލޭބާރ ރިލޭޝަންސް އޮތޯރިޓީ އޮތީ ފައްޔާޒް އިސްމާއިލް ގެ މުށުތެރޭ ތާށިވެފަ، މަސައްކަތްތެރިންނަށް އިންސާފު ލިބޭނެ ގޮތެއް ނެތީމަ މިޕޭޖް މެދުވެރިކޮށް ހަޅޭލަވާލަ މިތިބެނީ! މީ ގައުމެއްތޯ! މައްސަލަ ޖައްސައިފިއްޔާ ހައްސާ މުވައްޒަފު ކަނޑާލާނީ ވަޒިފާއިން! ރިސޯޓް އަގުވައް ޓަނީ އޭކިޔާފަ ކަމަށް ރިސޯޓް ވޯރކާސް މޯލްޑިވްސް އިން ފާހަގަކުރިއެވެ.
2019 ވަނަ އަހަރުގައި ވެސް ހޮނޑާފުށި ރިސޯޓުން މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވާކަން ފާހަގަކުރަމެވެ.








Comments