https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހައިކޯޓުގެ 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 26, 2021
  • 1 min read


ހައިކޯޓުގެ 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ.


ޤާާނޫނީ ވަކީލު އަޙްމަދު ޝާން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހާތިފް ޙިލްމީއާއި، ފަނޑިޔާރު އަލްއުސްތާޒު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ސުލޫކީ މައްސަލައެއްް ޖޭއެސްސީއަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.


ވަކީލު ޝާން މީގެ 3 ދުވަސްކުރިން ވަނީ ‏ހައިކޯޓުގެ B1 ސެކްޝަނުން ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގައިފި ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ.


ފަނޑިޔާރު ޝުޢައިބު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވައިފައިވަނީ 2011 ވަނަ އަހަރުގެ މާޗު 26 ވަނަ ދުވަހުއެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ހާތިފް އައްޔަން ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ހާތިފަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެކެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page