https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހެނދުނު 9:00އަށް ޔާމިން ކުރިމިނަލް ކޯޓަށް ހާޒިރުކުރަނީ

  • މާހިރު މުޙައްމަދު
  • Sep 5, 2021
  • 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ، 2 ދަޢުވާއެއްގެ ޝަރީޢަތުގެ މަޖިލިސް މިއަދު ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.


މި 2 ދަޢުވާގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މި ހެނދުނު 09:00 އަށެވެ.


ރައީސް ޔާމިނުގެ މައްޗަށް މި 2 ދަޢުވާ އުފުލައިފައި ވަނީ، ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި، ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައެވެ.


ދަޢުވާގައި ވާ ގޮތުން ރައީސް ޔާމިން ރިޝްވަތު ނެންގެވީ ފުށްގިރީގައި ރިސޯޓެއް ތަރައްޤީކުރަން، އެ ރަށް ކުއްޔަށް ދޫކޮށްގެން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކުރައްވައެވެ. ހަމައެހެންމެ މަނީ ލޯންޑާރ ކޮށްފައިވަނީ، ސަން ކޮންސްޓްރަކްޝަންއާއި، ސަން އިންވެސްޓްމަންޓް ބޭނުން ކޮށްގެން ކަމަށެވެ.


އެ ގޮތުން މި މައްސަލައިގައި މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދަޢުވާ އުފުލާފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page