ހަތަރު މަހަށް ފަހު މަޖިލީސް ރައީސް މާލެ ވަޑައިގެންފި
- މާހިރު މުޙައްމަދު
- Oct 11, 2021
- 1 min read

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ވެލާނާ އެއާޕޯޓަށް ވަޑައިގެންނެވުމާއެކު މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.
އެއާޕޯޓުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، އެމްޑީޕީ އާއި ރައީސް ނަޝީދު ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވެފަ އެވެ.
ނަޝީދު ވަނީ، މިދިޔަ ބުދަ ދުވަހު ދުބާއީގައި ފެށި ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގެންފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ ދުބާއީންނެވެ.
ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެ މި ވަޑައިގެންނެވީ 04 މަސް ފަހުންނެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ 3 ދުވަހަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.








Comments