ހަންޏާމީދޫ ކައުންސިލުގެ ތިޖޫރީ ފަޅައިލައިފި
- ޙުސައިން އަޙުމަދު

- Jul 12, 2021
- 1 min read

އދ.ހަންޏާމީދޫ ކައުންސިލުގެ އިދާރާ ފަޅައިލައި، ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އދ.ހަންޏާމީދޫ ކައުންސިލުގެ އިދާރާ ފަޅައިލައި، ތިޖޫރީގައި ހުރި ފައިސާތައް ވަގަށްނެގި މައްސަލައެއް އިއްޔެ 08:08 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ހަމައެހެންމެ ތިޖޫރީގައި އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހުންނާނެކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ގޮތުން މި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.








Comments